ފިނި މޫސުމުގެ މި ދުވަސްވަރުގައި އައްވައްޓެރި އިންޑިއާގެ އުތުރުގެ ސަރަހައްދު ތަކުގައި އާދަޔާ ޚިލާފަށް ފިނި ގަދަވެ، މޫސުން އިތުރަށް ގޯސްވާނޭ ކަމަށް ލަފާކޮށް، ރާޖެސްތާނުގެ ސަރަހައްދު ތަކުގައި އޮރެންޖް އެލަރޓް ނެރެފިއެވެ. 

"އޮރެންޖް ސަމާލު" ނެރުމަށް ފަހު އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނީ، ރާޖެސްތާނުގެ، ޗުރޫ، ޖުންޖުނޫ، އަދި ސިކާ ފަދަ އަވައްތައް ހިމެނޭގޮތަށް، އެ ސްޓޭޓްގެ ބޮޑު ބަޔަކަށް ގަދަ ފިނީގެ އިތުރުން ދުންފިނީގެ އުނދަގޫވެސް ކުރިމަތިވަމުންދާ ކަމަށެވެ.

އެގޮތުން، ހޯމަދުވަހު، ފާތިހްޕޫރްގައި ފިނިހޫނުމިން 1 ޑިގްރީ ސެލްސިއަސްއަށް، ޗުރޫގައި -0.9 ޑިގްރީ ސެލްސިއަސް އަދި ސަންގާރިއާގައި 2.4 ޑިގްރީ ސެލްސިއަސްއަށް ދަށަށް ދިޔަކަމަށް މޫސުމާވެހޭ އިދާރާއިން ހާމަކުރެއެވެ.