މާލެ ސިޓީން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރިތާ ދެ ހަފްތާ ވީއިރުވެސް އެމީހާގެ ޚަބަރެއް ވެފައި ނުވާތީ، ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ. 

ފުލުހުން ބުނީ، ސ. ހުޅުދޫ / ސަނީލޮޖް، ޢަލީ އާރިފް (46އ)  ވީނުވީއެއް ނޭނގި ގެއްލިގެން، މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު، އޭނާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. 

އަދި އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އެންމެ ފަހުން އާއިލާއަށް ހަބަރުވެފައިވަނީ 2022 ޑިސެމްބަރު މަހުގެ ތެރޭގައިކަމަށާއި އޭނާއަކީ ކަންނެލި މަސްވެރިކަމަށް ގޮސްއުޅޭ މީހެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

ފުލުހުން އިތުރަށް ބުނީ، އަލީ އާރިފް ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، އަލީ އާރިފް ހޯދުމުގެ މިހާރުވެސް ދަނީ ކުރަމުންން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން އާރިފް ހޯދިފައެއް ނުވާ ކަމަށެވެ. 


"އަލީ އާރިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790083 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން" ފުލުހުން ބުނެފައިވެއެވެ.