ވ. އަތޮޅު ފުލިދޫގެ އިތުމަތީ ފަރާތުން 26 ނޯޓިކަލް ބޭރަށް، ރޭ ދަންވަރު އަޑިއަށްދިޔަ "އެމް ސަވާރީ" ބޯޓުން ކަނޑުވި 6 މީހުން މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފުން ބުނީ، ސަވާރީ ބޯޓު ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 06:30 ހާއިރު ކަމަށާއި، ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި މި ހަ މީހުން ކޯސްޓްގާޑް ޝިޕް ޣާޒީއަށް މިއަދު 13:00 ހާއިރު ނަގާފައިވާއިރު، މިއަދު 16:30 ހާއިރު ވަނީ ރައްކާތެރިކަމާއެކު ހުޅުމާލެ ގެނެސްދީފައިވާ ކަމަށެވެ.
ގާތްގަނޑަކަށް 9 ވަރަކަށް ގަޑިއިރު ކަނޑުވެފައި ތިބި ނަމަވެސް، މި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.