ކުޅިވަރު ލާމަރުކަޒީ ކުރަމުގައި، ޒުވާނުން ބާރުވެރިކުރުމަށްޓަކައި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ "ރާއްޕެ" ރާފިއުއަށް ލަފާ ދިނުމަށް، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކުރީގެ މަޝްހޫރު ގޯލްކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) އައްޔަންކޮށްފިއެވެ.

ކުޅިވަރާބެހޭ ވުޒާރީއިން ބުނީ، މާއްޓޭ އައްޔަންކޮށްފައިވަނީ ކުޅިވަރު ލާމަރުކަޒީ ކުރުމަށް މިނިސްޓަރަށް ހާއްސަ ލަފާދޭ އެޑްވައިޒަރުގެ މަގާމަށް ކަމަށެވެ.

މީގެ ކުރިން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައިވާ މާއްޓެއަކީ ސްޕޯޓްސް މާކެޓިން އެންޑް ސްޕޮންސަރޝިޕްގެ ދާއިރާއިން މާސްޓަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.