ނޭޕާލާއި ޓިބެޓް ގުޅޭ ސަރަހައްދުގެ ކައިރީގައިވާ ގްލޭޝިއަރއެއް ގޮވައި، މިދިޔަ ބުދަ ބުރާސްފަތީގައި ހިނގި ފެންބޮޑުވުމުގެ ނުރައްކާތެރި ކާރިސާގައި މަރުވި މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުންދާއިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.
މި ކާރިސާގައި ނޭޕާލާއި ޓިބެޓުގެ ސަރަޙައްދުތަކުން މަރުވިކަން ކަށަވަރުވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 600 އާއި 680 އަށްވުރެ މައްޗަށް އަރައިފައެވެ. މީގެއިތުރުން، ހަމައެކަނި ނޭޕާލުންވެސް 2400 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ގެއްލިފައިވާ މީހުންގެ ތެރޭގައި ސަތޭކައިން ގުނާލެވޭހާ ގިނަ ބޭރު ޤައުމުތަކުގެ ފަތުރުވެރިންނާއި، ހައިޑްރޯޕަވަރ މަޝްރޫޢުތަކުގައި މަސައްކަތްކުރާ 1000 އެއްހާ މުވައްޒަފުން ހިމެނޭކަން ޚަބަރުތަކުގައި ފާހަގަކޮށްފައިވެއެވެ.
މި ކާރިސާއާ ގުޅިގެން މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ޚާއްޞަކޮށް ހިމާލަޔާގެ އެކަހެރި އަދި ދަތުރުފަތުރުކުރަން އުނދަގޫ ފަރުބަދަމަތީ ސަރަޙައްދުތަކުގައި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޮޑެތި ދަތި އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވާކަން ޚަބަރުތަކުގައި ފާހަގަކޮށްފައިވެއެވެ.
ކުއްލިއަކަށް ދިމާވި މި ހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމާއި، ލިބުނު ގެއްލުންތަކުގެ ސަބަބުން ހާލުގައިޖެހިފައ ތިބި މީހުންނަށް އެހީތެރިވުމުގެ މަސައްކަތްތައް އެ ސަރަޙައްދުގައި އަދިވެސް ދަނީ ކުރިއަށެވެ.