ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާގެ ތެރެއިން ފުލުހުންހެ ޚިދުމަތް ދިނުމަށް އެކުލަވައިލާފައިވާ ”ނެއިބަހުޑް ޕޮލިސިންގ މޮޑެލް – އަވައްޓެރި ފުލުހުންގެ ޚިދުމަތް” މުލަކަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.
އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ މޮޑެލްއަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހު މާލޭ އޭރިއާގައި އަދި 2019 ވަނަ އަހަރު އައްޑޫ އާއި ފުވައްމުލަކުގައި ޕައިލެޓް ކުރުމަށްފަހު، 2019 މާރިޗު 29 ވަނަ ދުވަހު އިފްތިތާހު ކުރެވުނު ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭންގެ ޕްރައިއޯރިޓީ އެއްގައި ހިމެނޭ ޕްރޮޖެކްޓެއްގައި ހިމަނާފައިވާ ސީދާ ދިވެހިރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ފޯރުކޮށްދެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ މޮޑެލް އެކެވެ.
ފުލުހުން ބުނީ. އިއްޔެ ދިއްގަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މުލަކަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ކަމަށެވެ.
އެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ އާއި ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު، ލޯކަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސައުތު ސެންޓްރަލް ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންން ބައިވެރިވެލެއްވިއެވެ. އަދި މ. އަތޮޅު ކައުންސިލާއި ދިއްގަރު ކައުންސިލު އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
ދިއްގަރުގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ ‘’ލާމެހި” ކެމްޕެއިން އިފްތިތާހުކުރުންވެސް މި ރަސްމިޔާތުގައި ކުރިއަށް ކުރިއަށް ގެންގޮސްފައިވެއެވެ.