ފީފާ ވޯލްޑް ކަޕް 2022ގެ ގްރޫޕް "ބީ"ގައި އިންގްލޭންޑް ކުޅުނު ފަހު މެޗުން އަވަށްޓެރި ވޭލްސް އަތުން 3-0 ލަނޑުން މޮޅުވެ، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އިނގިރޭސީން މި މުބާރާތުގެ ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އަޙްމަދު ބިން ޢަލީ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ނުފެނެއެވެ. އިންގްލޭންޑްގެ ފުރަތަމަ ލަނޑު ('50) އަދި 3 ވަނަ ލަނޑު ('68)ގައި ޖަހައިދިނީ ޒުވާން ފޯވާޑް މާކަސް ރަޝްފާޑެވެ. ރަޝްފަރޑްގެ ފުރަތަމަ ލަނޑު ފެނިގެން ދިޔަތާ ހިނދުކޮޅެއްގެ ތެރޭ، އެޓީމުގެ ދެވަނަ ލަނޑު 51 ވަނަ މިނިޓްގައި ޖަހައިދިނީ ފިލް ފޯޑެންއެވެ.
މި ނަތީޖާއާއެކު ކުޅުނު 3 މެޗުން 7 ޕޮއިންޓް ލިބިގެން ގްރޫޕް "ބީ"ގެ 1 ވަނަ ލިބުނު އިނިގރޭސީން ގަދަ 16ގައި ވާދަކުރާން ޖެހޭނީ، ގްރޫޕް "ބީ"ގެ 2 ވަނަ ހޯދި ސެނަގޯލްއާ ދެކޮޅަށެވެ.