ސަރުކާރުން އިސްލާހުކުރަންޖެހޭ ކަންކަން އާންމުންނަށް ހާމަކުރުމާއި، މީޑިއާ ހަރަކާތްތަކަށް ރަސްމީކޮށް ސަރުކާރު ޖަވާބުދާރީކުރުވުމަށް، ނޫސްވެރީން ތަމްރީނުކުރުމަށް، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހާއްސަ ތަމްރީނު ޕްރޮގްރާމެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ހޯމް މިނިސްޓްރީގެ ބަޔާނެއްގައި ބުނީ، ނޫސްވެރި ންނަކީ ޤައުމެއް ހިންގުމުގެ ސިޔާސަތުގައި ވަރަށް މުހިންމު ރޯލެއް އަދާ ކުރާ ބައެއް ކަމަށާއި، ރައްޔިތުންނާއި ސަރުކާރާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމުގެ އިތުރުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް ނޫސްވެރީން އަދާކުރާ ކަމަށެވެ.
އެގޮތުން ސަރުކާރާއި، ކައުންސިލް ފަދަ މުއައްސަސާތައް ޖަވާބުދާރީކުރުވުމުގައި މީޑިއާގެ މައިގަނޑު އެއް ދައުރަކީ، ސަރުކާރުގެ މައުލޫމާތު ޔަޤީންކުރުމާއި، ސަރުކާރުން އިސްލާހުކުރަންޖެހޭ ކަންކަން އާންމުންނަށް ހާމަކުރުމާއި، މީޑިއާ ހަރަކާތްތަކަށް ރަސްމީކޮށް ސަރުކާރުން ދޭންޖެހޭ ޖަވާބުތައް ރިޕޯޓްކުރުން ކަމަށް އެ ބަޔާނުގައިވެއެވެ.
މިކަމާގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފައިވަނީ، މިއީ ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާ ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުމުގެ މެންޑޭޓުގެ ދަށުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި ރެޖިސްޓްރީކޮށްފައިވާ ހުރިހާ ނޫސްމަޖައްލާތަކުގެ ނޫސްވެރިންނަށް އަމާޒުކޮށްގެން މިއަހަރު ބާއްވާން ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.
މި ޓްރެއިނިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 7 ޑިސެންބަރު 2022 ވަނަ ދުވަހުގެ 14:00 ގައެވެ. އަދި ތްމަރީނުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރެޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ 4 ޑިސެމްބަރ 2022ގެ 14:00އާ ހަމައަށް ހުޅުވާލައިފައެވެ. މި ޕްރޮގްރާމްގައި އޮންލައިންކޮށް، އަދި މަރުކަޒަށް ޚާޒިރުވެގެންވެސް ބައިވެރިވެވޭނެއެވެ.