ފީފާ ވޯލްޑް ކަޕް 2022ގެ ގްރޫޕް "އެޗް"ގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗްގީޒުން 2-1 ލަނޑުން ބަލިކޮށް، ޕޯޗުގީޒުންނާއެކު އޭޝިއާގެ ދެކުނު ކޮރެއާ މި މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދައިފިއެވެ.
އަލް ރައްޔާންގެ އެޑިއުކޭޝަނަލް ސިޓީ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި ފުރަތަމަ ލީޑު ނެގީ ޕޯޗުގީޒުންނެވެ. މެޗުގެ ފަސްވަނަ މިނިޓްގައި ރިކާޑޯ ހޮރްޓާ ޖެހި ލަނޑާއެކު ޕޯޗުގީޒުން ފޯރީގައި ކުޅެމުން ދަނިކޮށް ކޮރެއާއިން މެޗުގެ ނަތީޖާ ހަމަކުރީ 27 ވަނަ މިނިޓްގައި ކިމް ޔޮންގ ވޮންކާމިޔާބުކުރި ލަނޑުންނެވެ.
ކޮރެއާއަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ވޮން ހީޗަންއެވެ. މި ނަތީޖާއާއެކު މެޗު ނިމުނު ކަމުގައިވިޔަސް ކޮރެއާ ކުޅުންތެރީން ޖެހުނީ، ގްރޫޕްގައި ދެން ކުޅުނު އުރުގުއޭ ގާނާ މެޗުގެ ނަތީޖާއަށް ވާގޮތެއް ބަލާން ނޭވާހިފަހައްޓާލައިގެން ތިބޭށެވެ. އޭރު އެ މެޗުގެ ނަތީޖާއަކީ، އުރުގުއޭ 2 ގާނާއަށް ލަނޑެއް ނުޖެހިއެވެ. ކޮރެއާއާ އުރުގުއޭއާ އެވަގުތު އޮތީ އެންމެ ލަނޑެއްގެ ތަފާތެވެ. އެހެންކަމުން އެ މެޗުން އިތުރު ލަނޑާއެކު އުރުގުއޭ މޮޅުވި ނަމަ ކޮރެއާއަށް ދެވަނަ ބުރު ގެއްލުނީހެވެ.
ދެވަނަ ބުރުގައި ކޮރެއާ ވާދަކުރާން ޖެހޭނީ، ބްރެޒިލްއާ ދެކޮޅަށެވެ.