ލަންކާގެ ދަނޑުވެރީން ކުރާ މަސައްކަތުން ލިބޭ މަންފާ ކުޑަވާތީ، އެގައުމަށް ހަނޑޫ އެތެރެކުރުން މަނާކޮށްފިއެވެ.
ލަންކާގެ ސްޓޭޓް މިނިސްޓަރ ރަޖިތު ސިޔަމްބަލަޕިޓީޔާ ވިދާޅުވީ، ހަނޑޫ އެތެރެކުރުން މަނާކޮށްފައިވަނީ 9 ޑިސެމްބަރ 2022 އިން ފެށިގެން ކަމަށެވެ. މިގޮތަށް ހަމަޖެއްސި ނަމަވެސް، މިހާރު އޯޑަރުކޮށް، އެތެރެކުރުމުގެ މަގުމަތީގައިވާ ޝިޕްމަންޓުތަކަށް ހުއްދަ ދީފައިވާ ކަމަށެވެ.
މީގެ އިތުރުން އެގައުމުގެ ފަތުރުވެރިކަމާ ގުޅުންހުރި ބާވަތަކަށްވާތީ، ބާސްމަތީ ހަނޑޫ އެތެރެކުރުން މަނާ ނުކުރާ ކަމަށެވެ.
ރަޖިތު ވިދާޅުވީ، މިގޮތަށް ސަރުކާރުން ނިންމީ، ލަންކާގެ ދަނޑުވެރީންނަށް މިކަމުން އިތުރު މަންފާއެއް ލިއްބައިދިނުމުގެ ގޮތުން ކަމަށެވެ.