އީރާނާ ދެކޮޅަށް ޢަސްކަރީ ޙަމަލާތަކެއް ދިނުމުގެ ކުރިން، އެކަމުގެ ސަބަބުން ނުކުމެދާނެ ނޭދެވޭ ނަތީޖާތަކާއި ސަރަޙައްދީ މަޝްރަޙަށް އަތުވެދާނެ ނުރައްކާތަކާ މެދު އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޒާރު ދީފައިވާފައިވާކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޢާންމުވެފައިވާ ރިޕޯޓުތަކުގައިވާ ގޮތުން، އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސްގެ ކުރީގެ ޑިރެކްޓަރ ތުލްސީ ގަބާޑް ވަނީ އިރާނުގެ މަތީ ސުރުޚީތަކާއި އިސް ވެރިންނަށް ޙަމަލާދީފިނަމަ، އެ ޤައުމުގެ ވެރިކަން ވައްޓާލުމުގެ ބަދަލުގައި އިތުރަށް ހަރުކަށި ފިކުރުގެ ސަރުކާރެއް ވެރިކަމަށް އައުމުގެ ފުރުޞަތު ބޮޑުކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ބަދަލަކާއެކު ނިއުކްލިއަރ ހަތިޔާރު ހޯދުމަށް އިރާނުން ކުރާ މަސައްކަތް އިތުރަށް ހަލުވިވެގެންދާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

މީގެއިތުރުން، އެމެރިކާއިން ދޭ ޙަމަލާއެއްގެ ރައްދުގައި އިރާނުން ހޯރމުޒް ކަނޑުއޮޅި ބަންދުކޮށް، މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނާއި އެކުވެރި ޤައުމުތަކަށް ޙަމަލާދީފާނެ ކަމުގެ ކަންބޮޑުވުންވެސް އިންޓެލިޖެންސް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އެމެރިކާގެ ބައެއް އިސް ވެރިން ވަނީ އިރާން މިވަގުތު އޮތީ ވަރަށް ބަލިކަށިކޮށް ކަމަށް ވިދާޅުވެ، ޙަމަލާދިނުމަށް ޓްރަމްޕަށް ބާރުއަޅުއްވާފައެވެ. އިންޓެލިޖެންސްގެ އިންޒާރުތަކާއެކުވެސް، އެމެރިކާގެ ޢަސްކަރީ ބާރުގެ ކުރިމަތީގައި ކާމިޔާބު ލިބޭނެކަމަށް ޤަބޫލުކުރައްވައި ޓްރަމްޕް ވަނީ ޙަމަލާދިނުމުގެ އަމުރު ނެރުއްވާފައެވެ.


މުހިންމު ނުކުތާތައް

  • އިންޒާރުތަކަށް އިންކާރުކުރުން: އީރާނަށް ޙަމަލާދިނުމުން ނޭދެވޭ ނަތީޖާތަކެއް ނުކުމެ، އިތުރަށް ހަރުކަށި ވެރިކަމެއް އުފެދި، ހޯރމުޒް ކަނޑުއޮޅި ބަންދުކުރުން ފަދަ ބަދަލުހިފުމުގެ ޢަމަލުތަކެއް ކުރިމަތިވެދާނެކަމަށް ބުނެ އެމެރިކާގެ އިންޓެލިޖެންސް ވެރިންނާއި ޢަސްކަރީ ލީޑަރުން ދެއްވި އިންޒާރުތަކަށް ޓްރަމްޕް ދެއްވީ ބީރުކަންފަތެއް.
  • އޮޕަރޭޝަން އެޕިކް ފިއުރީ: ފެބުރުއަރީ 28ގައި ފެށި މި އޮޕަރޭޝަނުގެ ނަތީޖާއެއްގެ ގޮތުން ޚާމަނާއީ އަވަހާރަވެ، ފުރަތަމަކޮޅު އެމެރިކާއާއި އިޒްރޭލުގެ ވެރީންނަށް އުފާވެރިކަން ލިބުނު ނަމަވެސް، މާގިނަ ދުވަސްތަކެއް ނުވެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހުނު. މިގޮތުން އީރާނުން 3,000 އަދި އެމެރިކާގެ ޢަސްކަރިއްޔާގެ 18 މެންބަރުން މަރުވެ، ސަރަޙައްދީ ހަމަޖެހުން ގެއްލިގެންދިޔަ.
  • އިޤްތިޞާދީ ފިއްތުންތައް: ޞުލްޙައިގެ މަޝްވަރާތައް ހުއްޓުމަކަށް އައުމާއެކު، ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތު ދަމަހައްޓައި، އިރާނުގެ އިޤްތިޞާދު އިދަޖައްސާލުމުގެ މަޤްޞަދުގައި "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ދަތިކުރުމުގެ ފިޔަވަޅުތަކަށް ޓްރަމްޕް މިސްރާބު ބަދަލުކުރެއްވި.