އިރުމަތީ މެދުއިރުމައްޗާއި ހުޅަނގު އޭޝިއާގެ ސަރަޙައްދީ އަމަންއަމަނާއި ހަމަޖެހުން ޤާއިމުކުރުމަށް އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި ގުޅުން އިތުރަށް ބަދަހިކުރުން އިންތިހާއަށް މުޙިއްމު ކަމަށް އީރާނުގެ ރައީސް މައްސޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ۔
އީރާނުގެ ވެރިރަށް ތެހެރާނުގައި އަންގާރަ ދުވަހު އިރާޤުގެ ސުޕްރީމް ޖުޑީޝިއަލް ކައުންސިލްގެ ރައީސް ފާއިޤު ޒައިދާނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ޕެޒެޝްކިއަން ވިދާޅުވީ، ސަރަޙައްދުގެ ގުދުރަތީ މުއްސަނދިކަމަށް ބޭރުގެ ބާރުތަކުން ދަނީ ކަޅިއަޅަމުން ކަމަށެވެ. އަދި އެ ބާރުތަކުން ބޭނުންވަނީ މުސްލިމް ޤައުމުތަކުގެ މެދުގައި ބައިބައިވުން އުފައްދައި، ވަސީލަތްތަކުގެ ފައިދާ ނެގުމަށް ކަމަށްވިދާޅުވިއެވެ.
މީގެއިތުރުން، އިޤްތިޞާދީ، ސިޔާސީ އަދި ޘަޤާފީ ގުޅުންތައް ވަރުގަދަކޮށްގެން މުސްލިމް ޤައުމުތަކުން އިއްތިހާދެއް އުފެއްދުމަކީ އެމެރިކާގެ އަސްކަރީ ބާރުތައް ސަރަޙައްދުން ބޭރުކޮށް، އިސްރާއީލުގެ އުދުވާންތައް ހުއްޓުވުމަށް އޮތް އެންމެ ރަނގަޅު މަގު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އިރާޤުގެ އެންމެ މަތީ ފަނޑިޔާރު ފާއިޤު ޒައިދާން ވަނީ ޓެރެރިޒަމާ ދެކޮޅަށް އިރާޤުން ކުރި މަސައްކަތުގައި އީރާނުން ދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ދެޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމަށް އިރާޤު އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.